ދިރާގު އިންޓަނެޓަށް ބުރޫ އަރައިފި

ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތުގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ބައިނަލްއަގުވާމީ ލިންކްއަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ދިރާގުން ފޯރުކޮށްދެމުން އައި އިންޓަނެޓަށް ބުރޫއަރައިފި އެވެ.

ދިރާގުގެ މެނޭޭޖާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަަސަން "ސަން"އަށް ވިދާޅުވީ ދިރާގުން އިންޓަނެޓަށް ބުރޫއެރީ އިންޓަނެޓް ހިދުމަތް ދިނުމަށް އަޅާފައިވާ ބައިނަލްއަގުވާމީ ލިކްއަކަށް ކަމަށެވެ. މައްސަލަޖެހިފައި ވަނީ އޭގެ ތެރެއިން ސިންގަޕޫރަށް އަޅާފައިވާ ލިންކަކަށް ކަމަށް މިރުޝާން ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ދިރާގުގެ އިންޓަނެޓްގެ ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް މިރުޝާން ވިދާޅުވި އެވެ. "ސިންގަޕޫރު މެދުވެރިކޮށް އިރުމަތީ ސަރަހައްދަށް ދޫކޮށްފައިވާ އިންޓަނޭޝަނަލް ލިންކަށް ލިބުނު މައްސަލައެއްގެ ސަބަބުން އިންޓަނެޓަށް ވަނީ މައްސަލަތަކެއް ކުރިމަތިވެފައި." މިރުޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކާއި ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ވަރަށް ބާރަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މައްސަލަ ހައްލުކުރެވޭނެ ވަކި އިރެއް ބުނަން އަދި ނޭންގޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދިރާގުގެ އިންޓަނެޓަށް ދިމާވި އެމައްސަލައިގެ ސަބަބުން އިންޓަނެޓް މެދުވެރިކޮށް މަސައްކަތްތައް ކުރުމަށް ވަނީ ގިނަ ހުރަސްތަކަކާއި ކުރިމަތިވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު