ކޮރަޕްޝަނާ މެދު ސްކޫލު ކުދިން ހޭލުންތެރި ކުރުވުމަށް ކުއިޒެއް ބާއްވައިފި

ކަލާފާނު ސްކޫލްގެ ދަރިވަރުންތަކެއް ސްކޫލު ކައިރިން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ގައުމީ އެންޓި-ކޮރަޕްޝަން ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަހަރު ފާހަގަކުރުމަށް ނިންމާފައިވާއިރު އެދުވަހުގެ ހަަރަކާތްތައް ފެށުމުގެ ގޮތުން ސްކޫލުތަކަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ކުއިޒް މުބާރާތެއް ބާއްވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކުއިޒް މުބާރާތް ފަށާފައި ވަނީ މިއަދު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ކޮރަޕްޝަނާ މެދު ހޭލުންތެރިކަން އިތުރުކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އެ ކުއިޒް ކުރިއަށް ގެންދަނީ ދެ ފަންތިއަކަށް ބަހާލައިގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ މުބާރަތް ކުރިއަށް ގެންގޮސްފައި ވަނީ ގްރޭޑް 6-7ގެ ދަރިވަރުން ހިމެނޭ ގްރޫޕަކާއި ގްރޭޑް 8-9ގެ ދަރިވަރުން ހިމެނޭ ގްރޫޕަކަށް ބަހާލައިގެން ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ މުބާރާތުގައި ބައިވެރި ވެފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ސްކޫލާއި ފިނޭ ސްކޫލާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް އަދި ހަމަ އެރަށު އަފީފުއްދީން ސްކޫލުގެ ދަރިވަރުންނެވެ.

comment ކޮމެންޓް