މާމިގިލީ ދެމަފިރިއަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި

މަތިލާގޭ ދެމަފިރިންނަށް ފެނިފައިވާ "މާވަހަރު" --- ފޮޓޯ: އަބްދުﷲ މުފީދު

މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް އދ. މާމިގިލީ ދެމަފިރިޔަކު ހޮވައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މާމިގިލީ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުފީދު މިއަދު ވިދާޅުވީ އެ ރަށު މަތިލާގޭ ޒުވާން ދެމަފިރިއަކަށް އެ "މާވަހަރު" ފެނިފައި ވަނީ އެ ރަށް ކައިރީ އޮންނަ ފަޅުރަށަކަށް މޫދަށް އެރެން ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ "މާވަހަރުގެ" ބަރުދަން ބެލުމުގެ މަސައްކަތް ކުރަމުން ދާއިރު އޭގެ ބަރުދަން 25 ކިލޯ އަށް ވުރެ ދަށް ނުވާނެ ކަމަށް މުފީދު ވިދާޅުވި އެވެ.

މުފީދު ވިދާޅުވީ އެ "މާވަހަރު" އޮތީ ހުދު ކުލައިގެ ހިމަކޮށް ހުރި މޫބޮނޑިއެއް ހެން ކަމަށާއި އެއިން ވަރަށް ނުބައި ވަސް ދުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ކޮން ކަހަލަ "މާވަހަރެއް"ކަން ޔަގީން ވެފައި ނުވާ އިރު އެއީ މާވަހަރެއްކަން ޔަގީން ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއީ މާވަހަރެއްކަން ޔަގީން ކުރުމަށް ޓެސްޓް ހެދުމަށް ބައެއް ފަރާތްތަކަށް ގުޅަމުންދާ ކަމަށް ވެސް މުފީދު ވަނީ ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު