ކެންޔާގެ ޔުނިވަސިޓީއަކަށް ބަޔަކު ހަމަލާދީފި

ކެންޔާ ސިފައިން ގެރިއްސާ ޔުނިވަސީޓީ ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ބީބީސީ

ކެންޔާއާއި ސޯމާލިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައިވާ ޔުނިވަސިޓީއަކަށް ބަޔަކު ބަޑިން ހަމަލާދީފި އެވެ.

ގެރިއްސާ ޔުނިވަސީޓީ ނަމަކަށް ކިޔާ އެ ޔުނިވަސީޓީގެ ތެރެއިން ބަޑީގެ އަޑާއި އެކިއެކި ގޮވުންތަކުގެ އަޑުއިވޭ ކަމަށާއި ކެންޔާ ސިފައިން އެތަން ވަށާލާފައިވާ ކަމަށް ބީބީސީ ބުންޏެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ އެ އެޖެންސީން ބުނީ ޔުނިވަސިޓިއަށް ހަމަލާދިނީ މޫނު ނިވާކޮށްގެން، ބަޑިހިފައިގެން ތިބި ފަސްމީހުން ކަމަށެވެ.

ޔުނިވާސިޓީގައި ތިބި ބައެއް މީހުން ރަހީނުކޮށްގެން ގެންގޮސްފައިވާ ކަމުގެ ރިޕޯޓްތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން ކެންޔާގެ އެއްވެސް އިދާރާއަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ.

ހަމަލާގައި ގިނަ ބަޔަކު މަރުވެފައި ވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނޫފުލައެވެ. ނަމަވެސް ސޯމާލިޔާގައި ހަރަކާތްތެރިވާ އަލް ޝަބާބު ޖަމާއަތުން ވަރަށް ގިނައިން ކެންޔާއަށް ހަމަލާތައް ދެއެވެ.

comment ކޮމެންޓް