ދަނޑުވެރިން ތަމްރީން ކުރުމާ ބެހޭ ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

ހދ. ހަނިމާދޫގައި ކުރިއަށް ގެންދާ "އިންޓަގްރޭޑް ފާމިންގް" ތަމްރީން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ދަނޑުވެރިން ތަމްރީން ކުރުމަށް "އިންޓަގްރޭޑް ފާމިންގް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ހދ. ހަނިމާދޫގައި ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ފެށި މި ޕްރޮގްރާމަކީ ދަނޑުވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުގުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ދިހަ ދުވަަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަށައިފައިވަނީ އިއްޔެ އެރަށު އެގްރިކަލްޗަރަލް ސެންޓަރުގައެވެ. މި ޕްރޮގްރާމްގައި ހަތް ރަށަކުން 27 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެ ހަތް ރަށަކީ ހއ. ތުރާކުނު ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ފ.މަގޫދޫ ގދ. ވާދޫ ޏ. ފުވައްމުލައް އަދި ސ. މީދޫ އެވެ.

ހދ. ހަނިމާދޫގައި ކުރިއަށް ގެންދާ "އިންޓަގްރޭޑް ފާމިންގް" ތަމްރީން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ފިޝަރީޒް އެންޑް އެގްރިކަލްޗަރ

މި ޕްރޮގްރާމްގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް ދަނޑުވެރިކަމުގެ އާ ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، މިކަމަށް ޒުވާނުން އަހުލުވެރިކުރުމުގެ ގޮތުން ކޯޕަރޭޓިވްސްތައް އުފައްދައި އެތަންތަނުގެ އުފެއްދުންތައް އިތުރުކުުރުުމާ ބެހޭ މައުލޫމާތު ލިބިގެންދާނެ އެވެ.

މީގެއިތުރުން ތިމާވެއްޓާއި ރައްޓެހި އިންޓަގްރޭޓެޑް އުސޫލުތަކަށް ދަނޑުވެރިން އަހުލުވެރިކުރުމަށާއި ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތަކާއި އައު ގޮތްތައް ތައާރަފްކޮށްދިނުމުގެ މަގުސަދުގައި ހިންގާ މި ތަމްރީން ޕްރޮގްރާމް އެ އަތޮޅުގެ ހަތް ރަށެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ކަމަށް ވެސް ފިޒަރީޝް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް