ނޮވެލްޓީ ބުކް ފެސްޓިވަލް: 250،000 ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި

ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޮވެލްޓީ ބުކްފެސްޓިވަލްގެ ތެރެއިން--- ސަން ފޮޓޯ/ އަލީ ނަސީރު

ނަސީބުވެރި ފަރާތަކަށް 250،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ނޮވެލްޓީ ބުކްފެސްޓިވަލްގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މިދިޔަ މާޗް މަހު ދެވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ވިލިމާލެ، ޒިފިއަސް، ހަސްނާ އަހުމަދެވެ. އިނާމެއްގެ ގޮތުގައި ނޮވެލްޓީ އިން އޭނާއަށް ހުށަހަޅާފައި ވަނީ 250،000 ރުފިޔާގެ ފައިސާގެ އިނާމެވެ.

އަގު ހެޔޮކޮށް އެއްތަނަކުން އެކިކަހަލަ ފޮތްތައް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި ނޮވެލްޓީގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެ ބޮޑު ބުކްފެސްޓިވަލް މިއަހަރު ކުރިއަށްދިޔައީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމާއި ބިއްލޫރި މާލަމުގައެވެ.

މިއަހަރުގެ ފެއާގައި ވެސް 10 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީފައިވެ އެވެ. އަދި ފެއާގެ ތެރޭގައި ކުރާ 20 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ނަސީބު ކޫޕަނެއް ލިބެ އެވެ.

ނޮވެލްޓީ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީން ވިދާޅުވީ މިމަހު 30 ވަނަ ދުވަހުގެ ކުރިން އިނާމުގެ ހައްގުވެރި ފަރާތަށް އިނާމު ހަވާލުކުރެވޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް