ބަންގްލަދޭޝް މީހާގެ މަރާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ހާބަރު ސަރަހައްދުގައި ހުންނަ ކެފޭތައް: ޝާހީން މަރާލާފައި ވަނީ މި މަހުގެ 22 ވަނަ ވަނަ ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެއްގައި-- ސަން ފައިލް ފޮޓޯ

މާލޭ ހުޅަނގު ދެކުނު ހާބަރުގައި ހިންގާ "ޅިޔަނު ކެފޭ"އަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، އެތަނުގެ ބިދޭސީ މުވައްޒަފަކު މަރާލި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ފަތިހު "ޅިޔަނު ކެފޭ"އަށް ބަޔަކު ވަދެ ހިންގި މާރާމާރީގައި މަރުވެފައި ވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ، 29، އެވެ.

ފުލުހުން ބުނީ ޝާހީންގެ މަރުގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ ވަނަ މީހަކު ހައްޔަރު ކުރީ މިރޭ 9:30 ހާއިރު ކަމަށެވެ. އަދި ބުނީ އެ މީހާއަކީ 24 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ހައްޔަރު ކުރި މީހާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ. ހަމައެކަނި ފުލުހުން ބުނީ ހައްޔަރު ކުރި މީހާގެ އުމުރެވެ.

ޝާހީންގެ މަރާ ގުޅިގެން މިއަދު ހަވީރުގެ ވަގުތެއްގައި 21 އަހަރުގެ ދިވެއްސަކު ވެސް ހައްޔަރު ކުރި އެވެ. އޭނާގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ެއެ މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.

ޝާހިން މިއާ މަރުވެފައި ވަނީ މެޔަށާއި ބުރަކަށްޓަށް ވެޅި ހެރުމުން ލިބުނު ޒަހަމްތަކުގަ އެވެ. އޭނާގެ ގަޔަށް ވަޅި ހެރި ރޭ ފަތިހު އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ޝާހީން މަރުވެފައިވާ ކަމަށް، އޭނާ ބެއްލެވި ޑޮކްޓަރުން ބުންޏެވެ.

comment ކޮމެންޓް