ކެފޭ ތެރޭގައި ބިދޭސީ މީހާ މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ޅިޔަނު ކެފޭ ކުރިމައްޗަށް ބަޔަކު އެއްވެފައި-- ސަން ފައިލް ފޮޓޯ

މާލޭ ހުޅަނގު ދެކުނު ހާބަރުގައި ހިންގާ "ޅިޔަނު ކެފޭ"އަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، އެތަނުގެ ބިދޭސީ މުވައްޒަފަކު މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ފަތިހު "ޅިޔަނު ކެފޭ"އަށް ބަޔަކު ވަދެ ހިންގި މާރާމާރީގައި މަރުވެފައި ވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ، 29، އެވެ.

ފުލުހުން ބުނީ ޝާހީންގެ މަރުގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި 21 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ެއެ މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.

ޝާހިން މިއާ މަރުވެފައި ވަނީ މެޔަށާއި ބުރަކަށްޓަށް ވެޅި ހެރުމުން ލިބުނު ޒަހަމްތަކުގަ އެވެ. އޭނާގެ ގަޔަށް ވަޅި ހެރި ރޭ ފަތިހު އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ޝާހީން މަރުވެފައިވާ ކަމަށް، އޭނާ ބެއްލެވި ޑޮކްޓަރުން ބުންޏެވެ.

comment ކޮމެންޓް