މަހުލޫފު ގޭބަންދަށް ބަދަލުކޮށްފި

އަހްމަދު މަހުލޫފް މިއަދު ފުލުހުންގެ ބެލުމުގެ ދަށުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފައިލް ފޮޓޯ

އެމްޑީޕީ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ފަސް ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފި އެވެ.

އޭނާ ގޭބަންދަން ބަދަލުކޮށްފައި ވަނީ ކުރިން ކޯޓުން ޖަހައިދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ.

މަހުލޫފް ހައްޔަރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑުތައް ފަޅާލި ކަމުގެ ތުހުމަތުގަ އެވެ.

އެ މުޒާހަރާގައި މަހުލޫފްގެ އިތުރުން އިތުރު ބަޔަކު ވެސް ފުލުހުން ހައްުޔަރުކުރި އެވެ.

comment ކޮމެންޓް