އެސްޓީއޯ "ސުޕަ ހަންޓް"ގެ އެއްވަނައާއި ދެވަނަވެސް ޝުއާއުއަށް

ނަސީބުވެރިން ހޮވުމަށްޓަކައި މިއަދު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ލަކީޑްރޯގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

އެސްޓީއޯ އިން ކުރިއަށް ގެންދިޔަ "ސުޕަ ހަންޓް" ޕްރޮމޯޝަންގެ އެއްވަނައާއި ދެވަނައަށް އަބްދުﷲ ޝުއާއު ހޮވިއްޖެ އެވެ.

"ސުޕަ" ބްރޭންޑްގެ ކަޕް ނޫޑްލްސް އަށް ހާއްސަކޮށްގެން "ސުޕަ ހަންޓް"ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ވަނަވަނައަށް އައި ފަރާތްތައް ހޮވާފައިވަނީ މިއަދު އެސްޓީއޯ ސުޕަމާޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ޕްރޮމޯޝަންގެ ލަކީޑްރޯ ކާމިޔާބުކޮށްގެން ތިންވަނައަށް ހޮވުނީ ގިލާން ޔޫސުފް ނައީމް އެވެ.

ސުޕަހަންޓް ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް އެސްޓީއޯ އިން ވަނީ 42 އިންޗީގެ ޓީވީއެއް ހުށަހަޅައިފައެވެ. އަދި ދެވަނަ އިނާމަކަށް އެއާ ފްރަޔާއެއް ހަމަ ޖައްސާފައިވާއިރު ތިންވަނައަށް ހަމަޖައްސާފައިވަނީ ގްރިލާ އެކެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އިރު އޮއްސި 6:00 އަށް ކުރިއަށް ގެންދިޔަ އެ އިވެންޓަކީ ސުޕަ ކަޕް ނޫޑްލްސް ތައްޓެއް ގަނެގެން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށް ގެންދިޔަ އެ އިވެންޓުގައި ސުޕަ ކަޕް ނޫޑްލްސް އެ ތިން އަވަށުގެ 2،500 ފިހާރަތައަކުން ދޫކޮށްފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި އެ އިވެންޓް މާލޭގައި އެކަނި ކުރިއަށް ގެންދިޔަ ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

comment ކޮމެންޓް