ވެއިޓަރުންނަށް ބިރުދައްކާތީ އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފަށައިފި

ޅިޔަނުކެފޭ ތެރޭ ހިނގި ހާދިސާއާ ގުޅިގެން ބަޔަކު އެއްވެފައި

މާލޭގެ ބައެއް ހޮޓާތަކާއި ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނުގައި މަސްތުވެގެން ތިބެ އެތަންތަނުގެ ވެއިޓަރުންނަށް ބިރުދައްކާތީ އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މިހާރަކަށް އައިސް މާލޭގެ ބައެއް ހޮޓާ ތަކާއި ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނަށް މަސްތުވާ އެއްޗިއްސާ ބަނގުރާފަދަ ތަކެތި ހިފައިގެންވަދެ އެތަންތަނުގައި ތިބެ އެތަކެތި ބޭނުންކޮށް އެތަންތަނުގައި ތިބޭ ވެއިޓަރުންނަށް ބިރުދައްކައި ހަދާ ކަމަށެވެ.

އަދި އެފަދަ ތަންތަން ހުޅުވާފައި ހުންނަ ވަގުތުތަކާއި އަދި ބަންދު ކޮށްފައި ހުންނަ ވަގުތުތަކުގައި ވެސް ބައެއް ފަރާތްތަކުން މަސްތުވާ އެއްޗިއްސާ ބަނގުރާފަދަ ތަކެތި ހިފައިގެންވަދެ އެތަންތަނުގައި އެތަކެތި ބޭނުން ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މަސްތުވެގެން ތިބެ ބައެއް ފަހަރު އެތަންތަނުގައި ތިބޭ ވެއިޓަރުންނަށް ބިރުދައްކައި ތަނުގެ ވެރިފަރާތަށް ބިރުދައްކާ ކަމުގެ ޝަކުވާ ވެސް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށެވެ.

ހޮޓާތަކާއި ރެސްޓޯރަންޓް ތަކާ ކެފޭ ފަދަ ތަންތަނަށް، އެފަދަ ފަރާތްތައް ވަދެ ބިރުދައްކާއި ހަދާނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެފަދަ އެންގުމެއް އަންގާފާއިވާއިރު، ދާދިފަހުން ވަނީ ޅިޔަނު ކެފޭ ތެރޭ މާރާމާރީ ހިންގައި އެތަނުގައި މަސައްކަތްކުރާ ބިދޭސީ ވެއިޓަރަކު މަރާލާފައެވެ.

comment ކޮމެންޓް