ޗެނަލް ވަންގެ ނޫސްވެރިޔާ ދޫކޮށްލައިފި

އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: ސަންފައިލް ފޮޓޯ

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއެއް ކަވަރުކުރަން އުޅެނިކޮށް ހައްޔަރުކުރި ޗެނަލް ވަންގެ ޖާނަލިސްޓް މުހައްމަދު ނިޔާޒު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ނިޔާޒު ދޫކޮށްލީ މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ސަރުކާރާ އިދިކޮޅުފަރާތްތަކުން ކުރި މުޒާހަރާގައި ނިޔާޒު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ.

އަދި އޭނާގެ ބަންދަށް ކްރިމިނަލްކޯޓުން ވަނީ އެފަހަރު ފަސްދުވަސް ޖަހާފައެވެ.

ޗެނަލް ވަންގެ ނޫސްވެރިޔާ ދޫކޮށްލިނަމަވެސް ރާއްޖެ ޓީވީގެ ސީނިއާ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ސީނިއާ ކެމެރާމަން އާދަމް ޒަރީރު އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގައެވެ. އެ ދެމީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.

comment ކޮމެންޓް