ގައުމީ އިނާމާ ބެހޭ ކޮމިޓީ އަލުން އެކުލަވާލައިފި

ގައުމީ އިނާމާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ނުވަ ބޭފުޅުން --

ގައުމީ އިނާމާބެހޭ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަލުން އެކުލަވައިލައްވައިފި އެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލެއްވީ އެކޮމިޓީގެ ތިން އަހަރުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ޖުމްލަ ނުވަ މެމްބަރުން ހިމެނިވަޑައިގެންނަވާ އެ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސެވީ، ކުރިން ވެސް ކޮމިޓީގެ ޗެއާމަނަކަށް ހުންނެވި ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުއްރަޝީދުނ ހުސައިނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އަނީސާ އަހުމަދާއި، މއ. ފިއަވަނި އަހުމަދު އަލިމަނިކާއި، ހ.މާދޫގޭ ހުސައިން އާމިރާއި، ޅ.ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމާއި، ވިލިމާލެ، ފަހިދޫ، ޝުހުދާ ފުއާދާއި، ހ. ރަންވިލާގޭ އުމަރު ޒާހިރާއި، މ. ކާނިމާގޭ މުހައްމަދު އިކުރާމާއި، މާފަންނު ނޫވިލު އަހުމަދު ސުވައިބެވެ.

ގައުމީ އިނާމަކީ ގައުމާއި މުޖްތަމައުގެ ލާބަޔާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، ވިޔަފާރީގެ އިދާރާތަކުން ކުރާ މަސައްކަތްތަކާއި، ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ އިނާމެކެވެ. ގައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު