ޒިޔަދަމްގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ޒިޔަދަމްގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި ކަމަށް ފުލުހުން ބުނޭ --

މިމަހުގެ 21 ވަނަ ދުވަހުގެރޭ ލ. މުންޑޫގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި އެރަށު ނޫވިލު، އަލީ ޒިޔަދަމް، 29، ގެ މަރާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޒިޔަދަމްގެ މަރާ ގުޅިގެން ހައްޔަރު ކުރި އެކަކު ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އަނެއް ތިން މީހުން ދޫކޮށް ނުލާ ކަމަށެވެ. އަދި ހަތަރު ވަނަ މީހާ ދޫކޮށްލާފައިވަނީ އޭނާ ހައްޔަރުގައި ބަހައްޓަން ނުފެންނާތީ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ޒިޔަދަމްގެ މަރާގުޅިގެން މުންޑޫ ހެލްތް ސެންޓަރުން ބުނެފައިވަނީ ޒިޔަދަމް އެ ސެންޓަރަކަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް ހެލްތު ސެންޓަރުން ވަނީ ބުނެފަ އެވެ.

މަރުވެފައިވާ ޒިޔަދަމް އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށް ވެއެވެ.

comment ކޮމެންޓް