ކެރަމް އެސޯސިއޭޝަނަށް އޮޑިޓަރެއް ކަނޑައަޅައި އަހަރީ ބަޖެޓު މިރޭ ފާސްކުރަނީ

ކެރަމް އެސޯސިއޭޝަންގެ މިއަހަރަށް ލަފާ ކުރާ ބަޖެޓު ފާސްކުރުމާއި އެ އެސޯސިއޭޝަނަށް އާ އޮޑިޓަރެއް ކަނޑައެޅުން މިރޭ އޮންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ކެރަމް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ސައީދު ވިދާޅުވީ، މިރޭގެ ރަސްމިއްޔާތުގައި މިދިޔަ އަހަރު ކެރަމް އެސޯސިއޭޝަނުން ހިންގި ހަރަކާތްތަކުގެ އަހަރީ ރިޕޯޓު އިއްވުން އޮންނާނެ ކަމަށެވެ. އަދި މިއަހަރުގެ ކުރިއަށް ހުރި ހަރަކާތްތައް ހާމަކޮށް ކަލަންޑަރު ނެރޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

މިއަހަރުގެ ބަޖެޓު މިރޭ ފާސް ކުރުމަށް ހަމަޖެހިފައިވާއިރު މިދިޔަ އަހަރު އެ އެސޯސިއޭޝަނުން ވަނީ 1.5 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. ނަމަވެސް އެކި ކަހަލަ ހަރަދުތަކާ ގުޅިގެން މިދިޔަ އަހަރު 2.5 މިލިއަނަށްވުރެ ބޮޑު ހަރަދެއް ވެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް