ޔޫރޯ ސްޓޯރު ކައިރިން ހަމަލާދިން މީހާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި

އައިޖީއެމްއެޗު

ޗާންދަނީ މަގު ޔޫރޯ ސްޓޯރު ކައިރިން ހަމަލާދީ ޒަޚަމްކޮށްލި މީހާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު 'ސަން' އަށް ވިދާޅުވީ، އެމީހާއަށް އެހާ ބޮޑެތި ޒަޚަމްތަކެއް ލިބިފައިނުވާކަމަށާއި ފަރުވާދިނުމަށްފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އުމުރުން 23 އަހަރުގެ އެމީހާ އައިޖީއެމްއެޗަށް ގެންދިޔައީ ރޭ 11:45 އެހާކަންހާއިރު އެވެ.

އެމީހާ ދޫކޮށްލާފައިވާއިރު، ރޭ އައިޖީއެމްއެޗް ކައިރިން ވަޅިން ހަމަލާދީ ޒަޚަމްކޮށްލި މީހަކު ވަނީ އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.

comment ކޮމެންޓް