އޭސީސީގެ އެންގުމަކަށް ގެޓްސެޓް ލޯނުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިިފި

ގެޓްސެޓް ލޯނުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފި -- ސަންފައިލް ފޮޓޯ

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްޓަކައި ސަރުކާރުން ފަށާފައިވާ ގެޓްސެޓް ޕްރޮގްރާމުގެ ލޯނު ދޫކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމާ ގުޅިގެން ޔޫތު މިނިސްޓްރީން ވަގުތީ ގޮތުން އެކަން ހުއްޓާލައިފި އެވެ.

އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ގެޓްސެޓް ޕްރޮގްރާމު ވަގުތީ ގޮތުން ހުއްޓާލުމަށް އޭސީސީ އިން އަންގާފައިވާ ކަމަށް ގެޓްސެޓްގެ ޕްރޮގްރާމް މެނޭޖަރު މަހީލް އަލީ ޖަލީލު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގެޓްސެޓް ވަގުތީ ގޮތުން ހުއްޓާލިނަމަވެސް މައްސަލަ ނިމުމުން އެކަން ކުރިއަށް ދާނެ ކަމަށެވެ.

ގެޓްސެޓް ލޯނު ދޫކުރުމުގެ މަސައްކަތް އަދި އޮތީ ޓެކްނިކަލް ކޮމިޓީގައިކަން ފާހަގަކުރައްވައި މަހީލް ވިދާޅުވީ ލޯނު ދޫކުރާ ފަރާތްތަށް ކަނޑައަޅާނީ ގެޓްސެޓް ބޯޑުން ކަމަށާއި އެ ބޯޑުގެ ޕްރޮޕޯސަލްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ރައީސް ޔާމިން ތައާރަފްކޮށްދެއްވި އެ ސްކީމްގެ ދަށުން 300،000 ރުފިޔާއާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ލޯނު ދޫކުރާނެ އެވެ. އަދި މި ލޯނަށް އެދުމުގެ ހަމައެކަނި ޝަރުތަކީ ވިޔަފާރިއެއް ފަށާނެ ރަނގަޅު ޚިޔާލެއް ހުށަހެޅުމެވެ. އެގޮތުން ޚިޔާލު ހުށަހަޅަން ވާނީ، މަދުވެގެން ދެ ޒުވާނުން ގުޅިގެންނެވެ. އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށް ޕަސެންޓަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު