ނާޒިމްގެ މައްޗަށް ހިންގީ އިންސާފުވެރި ޝަރީއަތެއް ނޫން: އެމްޑީޕީ

ހުކުމް އިއްވުމާއި އެކު ކާނަލް ނާޒިމް ކޯޓުން ނެރެނީ -- ސަން ފޮޓޯ -- އަލީ ނަސީރު

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާ އުފުލައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އެއީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނާޒިމްގެ ޝަރީއަތް ހިނގާ ދިޔަގޮތް ކުއްވެރިކޮށް މިރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ނާޒިމްގެ ޝަރީއަތް ހިނގާ ދިޔަ އިރު ދައުލަތުން ހުށަހެޅި ހުރިހާ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރި ނަމަވެސް ދިފާއީ ހުރިހާ ހެކީން ޝަރީއަތަށް ހާޒިރުނުކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ޖަލަށް ލުމަށް ހުކުމް ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ނޫސްވެރިންވެސް ހިމެނޭ ގޮތަށް ސުލްހަވެރި މުޒާހަރާތަކުން 120 މީހުން ހައްޔަރުކޮށް 90 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ އުފުލުމުން ދޭހަވަނީ ޖުޑިޝަރީ ސިޔާސީވެފައި އޮތް މިންވަރު ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދާއި ނާޒިމްގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މިމަހުގެ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު