އެސްއީ ޒެޑްގައި ބައިވެރިވާން ވަރަށް ބޮޑަށް ބޭނުން: އިންޑިއާ

އިންޑިއާ ސަފީރު ރާޖީވް ޝަހާރޭ: ރާއްޖޭގެ އިގުތިސާދީ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި ބައިވެރިވާން ބޭނުންވާ ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ އަލީ ނަސީރު

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ހާއްސަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްގީ ކުރުމުގައި ބައިވެރިވާން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ފަންނީ ގޮތުން އެހީތެރިވުމަށް އިންޑިއާއިން ހިންގާ އިންޑިއަން ޓެކްނިކަލް އެންޑް އެޑިއުކޭޝަނަލް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމުގެ ރަން ޔޫބިލް ފާހަގަ ކުރުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުގައި މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާ ސަފީރު ރާޖީވް ޝަހާރޭ ވިދާޅުވީ ސަރުކާރުގެ އިގުތިސާދީ ތަރައްގީގެ އެޖެންޑާ ކުރިއަށް ގެންދިއުމުގައި ބައިވެރިވާން އިންޑިއާއިން ބޭނުންވާ ކަމަށެވެ.

"...ސަރުކާރުގެ ސިޔާސަތުތަކަށް އަޅުގަނޑުމެން މިއަންނަނީ ބަލަމުން ، ހާއްސަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން ހިމެނޭ ގޮތުން އިގުތިސާދީ ތަރައްގީއާ ބެހޭ ބަޔަށް،" ސަހާރޭ ވިދާޅުވިއެވެ.

އިންޑިއަން ޓެކްނިކަލް އެންޑް އެޑިއުކޭޝަނަލް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމުގެ ރަން ޔޫބިލް ފާހަގަ ކުރުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުގައި މިރޭ ބޭއްވި ހަފުލާގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު

އިގުތިސާދީ ތަރައްގީގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ގާބިލް މީހުން ދެގައުމުގެ ގުޅުމުގެ ތެރެއިން އުފެދިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ސަހާރޭ ވިދާޅުވިއެވެ. ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަ ކުރުމުގައި އެހީތެރިވާން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ޝަރުއީ ދާއިރާއަށް ތަމްރީނު ފުރުސަތުތައް ތަނަވަސްކޮށްދޭން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"...އަޅުގަނޑުމެން މި ވިސްނަނީ ތަމްރީނު ޕްރޮގްރާމްތައް ހިންގަން. ޝަރުއީ ނިޒާމަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު