ގައުމީ ޔުނިވާސިޓީން 300 ދަރިވަރުން ޑިގްރީއާއެކު ދަސްވެނިވެއްޖެ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން ހިންގާ ޑިގްރީ ކޯސްތަކުން 303 ދަރިވަރުން ދަސްވެނި ވެއްޖެ އެވެ.

ރޭގައި އިސްލާމީ މަރުކަޒުގައި އޮތް އެމްއެންޔޫގެ ކޮންވޮކޭޝަން ގައި 300 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވަނީ 23 ކޯހަކުންނެވެ. ބެޗެލާސް ޑިގްރީ އިންނާއި ޕޯސްޓްގްރޭޖުއޭޓް އަދި މާސްޓާސް ޑިގްރީ އިން ދަރިވަރުންތައް ދަސްވެނިވެފައި ވަނީ ޔުނިވާސިޓީގެ ނުވަ ފެކަލްޓީއަކުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ދަރިވަރުން ދަސްވެނި ވެފައިވަނީ ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ އިންނާއި އާޓްގެ ދާއިރާއިންނާއި ނޫސްވެރިކަމުގެ ދާއިރާއިންނާއި ގާނޫނީ ދާއިރާ އާއި ސިއްހީ ދާއިރާއިންނެވެ.

ދެ ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ކޮންވޮކޭޝަންގެ އިއްޔެގެ ހެނދުނުގެ ދަންފަޅީގައި ޑިޕްލޮމާ ހެދި 269 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

ޖުމްލަ 787 ދަރިވަރުން އެ ކޮންވޮކޭޝަންގައި ދަސްވެނިވެފައިވާއިރު އެއިން 526 ދަރިވަނުންނަކީ އަންހެން ކުދިންނެވެ.

ރޭގެ ރަސްމިއްޔާތުގައި، ޑިގްރީ ހެދި ދަރިވަރުންތަކުގެ ތެރެއިން 3.0 ގްރޭޑް ޕޮއިންޓް އެވްރެޖް އިން މަތިން ލިބިފައިވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ގެ ޚާއްސަ އިނާމް ވަނީ ލިބިފައެވެ.

އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާން ސްރީލަންކާގެ ޕެރަދެނިޔާ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަތުލީ ސެނެރަތުނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހަޔާތުގައި ޑިގްރީއެއް ފިޔަވާ އެތައް ކަމެއް ބޭނުންވާނެ ކަމަށެވެ.

comment ކޮމެންޓް