އަނބިމީހާއާއެކު އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ޏ. ފުވައްމުލަކު އުމަރު އަލިމަނިކު (އަލިބެ)، 72

އަނބިމީހާއާއެކު އުމްރާއަށް ދިޔަ ދިވެއްސަކު މިރޭ ނިޔާވެއްޖެ އެވެ.

އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވީ ކ. މާލެ، މ. މާފަރު، އުމަރު އަލިމަނިކު (އަލިބެ)، 72، އެވެ. އޭނާގެ އުފަން ރަށަނީ ޏ. ފުވައްމުލަކެވެ. މާލޭގެ ރަށްވެހިކަން ހޯދާފައިވާ އަލިބެއަކީ މާލޭގައި ހިންގާ "މާފަރު ގެސްޓް ހައުސް"ގެ ވެރިޔާ އެވެ.

ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން އަލިބެގެ ދެމަފިރިން އުމްރާއަށް ދިއުމަށް ރާއްޖެއިން ފުރީ މި މަހުގެ 12 ގަ އެވެ.

އަލިބެގެ ނިޔާވީ ސިއްހީ ހާލަތު ގޯސްވެެގެން ފަރުވާ ހޯއްދަމުން ގެންދިޔަތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ ނިޔާވީ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލްގަ އެވެ. އަލިބެގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މާދަމާ ހުކުރު ނަމާދަށްފަހު މައްކާގައި ކަމަށް އާއިލާއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު