ތިން ވެހިކަލެއްގައި ރޯކޮށްލައިފި

ސަލްޓަން ޕާކު ކައިރީގައި ރޯކޮށްލާފައި އޮތް ތިން ވެހިކަލް -- ސަން ފޮޓޯ: ފަޔާޒު މޫސާ
ލިލީމަގުގައި ޕާކްކޮށްފައި އޮތް ދެ ކާރާއި ވޭނެއްގައި އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެއަކު ސަން އަށް ވިދާޅުވީ، ދެ ކާރެއްގައި ވަރަށް ބޮޑަށް ރޯކޮށްލާފައިވާއިރު ވޭނެއްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ރޯކޮށްލާފައިވަނީ، ސަލްޓަންޕާކު ކައިރީގައި ޕާކްކޮށްފައި އޮތް ޕްރައިވެޓް 2 ކާރާއި ވޭނެއްގައެވެ.

އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ އާދަމް ނަޒީރު ބުނީ، ވެހިކަލްތަކުގައި ރޯވެފައިވާ އަލިފާން މިހާރު ނިއްވާލާފައި ވާއިރު، އެ ތިން ވެހިކަލްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި ކަމަށެވެ.

މީގެ ކުރިން ފުލުހުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަންކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު