އެމްޑީޕީއާއި އަދާލަތަށް އިލެކްޝަންސް ކޮމިޝަނުން އިންޒާރު ދީފި

ރޭ ބޭއްވި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު މަހުލޫފް ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފައިލް ފޮޓޯ

މުޒާހަރާތަކުގައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އާއި އަދާލަތު ޕާޓީއަށްދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަކިވަކިން އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް މިއަދު ފޮނުވި ސިޓީގައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ ދެ ޕާޓީ ގުޅިގެން މާލޭގައި ބޭއްވި މުޒާހަރާގައި ސިޔާސީ ޕާޓީގެ ގާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ޚިލާފަށް، ފުލުހުންނަށް ހަމަލާ ދިނުމާއި، އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި އަމަލުތަކަށް ގޮވައިލުން ފަދަ އަމަލުތައް ހިންގާފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ނުހިންގުމަށް އެ ދެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މުޒާހަރާ ތަކުގައި ހިންގަމުން ގެންދާ ގާނޫނާއި ގަވާއިދާ ޚިލާފު ކަންކަން އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި ގާނޫނީ އިމުގެ ބޭރުން ހިންގާ އެފަދަ ކަންތައްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

comment ކޮމެންޓް