އައްސޭރި ޕްރިޒަން ކަޕް: އެންއެކްސް އާއި އެފްސީ ތުނޑި ފައިނަލަށް

އިއްޔެ އެންއެކްސް އާއި އެފްސީ ޔުނިޓީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެމްސީއެސް

އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ އައްސޭރި ޕްރިޒަން ކަޕް 2015ގެ ފައިނަލަށް އެންއެކްސް އާއި އެފްސީ ތުނޑި ދަތުރު ކޮށްފި އެވެ.

އެންއެކްސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ އިއްޔެ އެފްސީ ޔުނިޓީގެ މައްޗަށް 4-0ގެ ނަތީޖާއަކުން ކުރި ހޯދާ، މުބާރާތުގެ ގްރޫޕް ސްޓޭޖުން މުޅިއަކު 10 ޕޮއިންޓް ހޯދައިން، އެއްވަނަ ޓީމެއްގެ ގޮތުގަ އެވެ. އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި އެންއެކްސްއަށް މެޗުގެ ލީޑު ހޯދަދިނީ އަހުމަދު އައްފާން އެވެ.

މެޗުގެ ދެވަނަ ލަނޑު އެންއެކްސްއަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފް ފެށިތާ ފަސް މިނެޓު ތެރޭ އެ ޓީމްގެ ފޯވާޑް ރާއިދު އަބޫބަކުރު އެވެ. ރާއިދު ވަނީ ދެވަނަ ހާފްގެ މެދުތަރެއިން، ފަސް މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭ ދެ ލަނޑު ކާމިޔާބުކޮށް، މެޗުގައި ހެޓްރިކެއް ހަދާފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އެންއެކްސްގެ ރާއިދު އެވެ.

ފަސް ޓީމެއް ވާދަކުރި އައްސޭރި ޕްރިސަން ކަޕްގެ ގްރޫޕް ސްޓޭޖު ލީގު އުސޫލުން ކުރިއަށް ގެންގޮސްފައިވާ އިރު، އެންއެކްސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރު ވެފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ޓީމެއްގެ ގޮތުގައި އެފްސީ ތުނޑި ފައިނަލަށް ދަތުރުކޮށްފައި ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، ދެ މެޗުން އެއްވަރުވެ މުޅިއަކު ފަސް ޕޮއިންޓް ހޯދައިންނެވެ. އެ ޓީމް ގްރޫޕް ސްޓޭޖުގައި ބަލިވީ ހަމައެކަނި އެންއެކްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

އައްސޭރި ޖަލުގެ ހަތަރު ޓީމަކާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުން ޓީމް އެޗްޑީސީ ބައިވެރިވެގެން ކުރިއަށް ގެންދާ އައްސޭރި ޕްރިޒަން ކަޕްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 28 ވާ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތުގެ މަގްސަދަކީ އައްސޭރި ޖަލާއި އެޗްޑީސީގެ މުއައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާ ކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު