ހެރިޝަން ފޯޑްގެ ބޯޓު ވެއްޓި އޭނާ އެޑްމިޓްކޮށްފި

ހޮލީވްޑްގެ މަޝްހޫރު ފިލްމް ސްޓާ ހެރިޝަން ފޯޑް ދަތުރު ކުރި އަދި އޭނާ ޕައިލެޓްކަން ކުރި، އެއް އިންޖީނުލީ މަތިންދާ ބޯޓު ބުރާސްފަތި ދުވަހު ވެއްޓި އޭނާ އަށް އަނިޔާވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

އޭނާ ދަތުރު ކުރި ބޯޓު ވެއްޓުނީ އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ލޮސްއެންޖެލަސްގެ ގޮލްފް ކޯސް އަކަށެވެ.

ފޯޑް،72، ދަތުރު ކުރި ބޯޓުގެ އިންޖީނު ހުއްޓުމުން އޭނާ ބޯޓު އިމަޖެންސީގައި މޮނިކާ މުނިސިޕަލް އެއާޕޯޓަށް ޖެއްސުމަށް މަސައްކަތް ކުރި ކަމަށް ފަޔާ ފައިޓަރުންނާ ހަވާލާދީ ނޫސްތަކުން ބުންޏެވެ.

ފޯޑްގެ ޕަބްލިސިސްޓް މީޑިއާ އަށް ބުނީ ފޯޑްގެ ބޯޓް ވެއްޓި އެކްސިޑެންޓްވުމާ އެކު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށާއި ފޯޑްގެ ފުރާނައަށް ނުރައްކާވާ ވަރުގެ ކަމެއް އެކްސިޑެންޓްގައި ނުވާ ކަމަށެވެ.

ސަންޓާ މޮނިކާ މުނިސިޕަލް އެއާޕޯޓުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓުގެ އިންޖީނުގެ މައްސަލަ ޖެހުނު ވާހަކަ ފޯޑް އެންގި އެވެ. އަދި ބޯޓް އަނބުރާ ޖައްސަން ބޭނުންވި ވާހަކަ ބުނި ކަމަށެވެ. އެ ހާދިސާގައި ފޯޑްގެ ބޯ ވަނީ ޒަހަމުވެފަ އެވެ.

މައުލޫމާތު: މީޑިއާތައް
comment ކޮމެންޓް
ގުޅޭ ޚަބަރު