އެމާ ވޮޓްސަންއާ އެކު "ބިއުޓީ އެންޑް ދަ ބީސްޓް"ގައި އެވަންސް އާއި ސްޓީވަންސް!

ޑިޒްނީގެ މަޝްހޫރު އެނިމޭޓެޑް ފިލްމު "ބިއުޓީ އެންޑް ދަ ބީސްޓް"ގެ ލައިވް އެކްޝަން ފިލްމުގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ލޫކް އެވަންސް އަދި ޑޭން ސްޓީވަންސް ފެނިގެންދާނެ ކަމަށް ފިލްމުގެ ލީޑް އެކްޓްރެސްގެ އެމާ ވޮޓްސަން ބުނެފި އެވެ.

އެވަންސް އާއި ސްޓީވަންސް އެ ފިލްމުން ފެންނާނެ ކަމަށް، "ހެރީ ޕޮޓާ" ފިލްމުތަކުން މަޝްހޫރު ވެގެންދިޔަ އެމާ ހާމަކޮށްފައިވަނީ އޭނާގެ ޓްވީޓާ މެދުވެރިކޮށް މިއަދު ކުރި ޓްވީޓްތަކެއްގައެވެ.

ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައިނުވާ އެ ފިލުމުގައި އެމާ ކުޅޭނީ ބިއުޓީގެ ރޯލެވެ. މީގެ އިތުރުން ބީސްޓުގެ ރޯލުން ސްޓީވަންސް ފެނިގެންދާނެ އިރު، އެވަންސް ފެނިގެންދާނީ ގެސްޓޮންގެ ބައިންނެވެ.

ހަ ފަހަރު އެކަޑަމީ އެވޯޑްސް އަށް ނޮމިނޭޓްވި "ބިއުޓީ އެންޑް ދަ ބީސްޓް" އޮރިޖިނަލް އެނިމޭޓެޑް ފިލްމު ނެރުނީ 1991 ވަނަ އަހަރު އެވެ. އަދި އެ ފިލްމުގެ ލައިވް އެކްޝަން ފިލްމު ޑައިރެކްޓްކުރަނީ، "ޓްވައިލައިޓް: ބްރޭކިން ޑޯން" ގެ ފަހު ދެ ބައި ޑައިރެކްޓް ކޮށްފައިވާ ބިލް ކޮންޑަން އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު