މޮޅަދޫގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހއ. މޮޅަދޫގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެހެންނަމަވެސް އެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް އަހުމަދު އަޝްރަފް މިއަދު "ސަން" އަށް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ ރޭ 8:15 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އަލިފާން ރޯވި ސަރަހައްދަކީ ފުޓު ބޯޅަ ދަނޑެއް އަލަށް ހެދުމަށް ސާފުކޮށްފައިވަ ސަރަހައްދެއްގައި ކަމަށާއި އަލިފާންގަނޑު ނިއްވާލީ ޖޭއޭ މަނަފަރު ރިސޯޓުގެ ފަޔަރު ޓީމުން ކަމަށެވެ.

"އަލިފާންގަނޑު ރޯވީ ރޭ އިރާކޮޅުގެ ވަގުތެއްގައި. އެ ސަރަހައްދުގައި ހުންނާނީ ސުކޫލު ވެސް. އެކަމަކު ދެން އެ ސަރަހައްދަކީ މިހާރު ބޯޅު ދަނޑު ހެދުމަށް ސާފުކޮށްފައި އޮތް ސަރަހައްދެއް،" އަޝްރަފް ވިދާޅުވި އެވެ.

ޖޭއޭ މަނަފަރު ރިސޯޓުގެ އެޗްއާރް މެނޭޖަރު އިބްރާހިމް ޝިރާޒް މިއަދު "ސަން" އަށް ވިދާޅުވީ މޮޅަދޫ ސްކޫލު ކައިރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެ ރިސޯޓުގެ ފަޔަމަނުން ރޭ 8:30 ހާއިރު މޮޅަދޫ އަށް ދިޔަ ކަމަށެވެ.

"އަލިފާންގަނޑު ކޮންޓްރޯލް ކުރެވުން އިރު ގާތްގަނޑަކަށް 12 ޖަހާދާނެ. އެއްވެސް މީހަކަށް އަދި އެއްވެސް ތަނަކަށް ގެއްލުމެއް ނުލިބެ. އެހެންނަމަވެސް ވަރަށް ބޮޑަށް ރޯވެފައި އޮތީ. ގާތްގަނޑަކަށް ތިން ސަރަހައްދެއްގައި އަލިފާންގަނޑު ރޯވި،" އަޝްރަފް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު