ލުފްތަންސާ އެއާލައިންގެ ސީދާ ދަތުުރުތައް ޑިސެމްބަރު މަހު ފަށަނީ

މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ލުފްތަންސާ އެއާލައިންގެ ސީދާ ދަތުރުތައް ޖަރުމަނުން ރާއްޖެއަށް ކުރާނެ ކަމަށް އެ އެއާލައިނުގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކާލް އަލްރިޗް ވިދާޅުވެއްޖެ އެވެ.

ބާލިންގައި މިހާރު ކުރިއަށްދާ އަޓީބީ ފެއާގައި ލުފްތަންސާ އިން ބޭއްވި ޕްރެސްކޮންފަރެންސްގައި ކާލް ވިދާޅުވީ ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް ހަފްތާއަކު ދެފަހަރު ކުރަން ހަމަޖެހިފައިވާކަމަށެވެ.

މި ދަތުރު ތަކުގައި ބޭނުންކުރާނީ 1200 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެއް ކަމަށް ކާލް ވިދާޅުވިއެވެ. ލުފްތަންސާ އަކީ ޖަރުމަނުވިލާތުގެ އެންމެ ބޮޑު އެއާލައިނެވެ.

އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވީ، ލުފްތަންސާގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމުން ޖަރުމަނު ވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަަމަށެވެ.

ޖަރުމަނުވިލާތަކީ ދިވެހިރާއްޖެއަށް ޔޫރަޕުން އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. ނިމިގެންދިޔަ އަހަރުވެސް ޖަރުމަނުވިލާތުން ނުވަދިހަ ފަސްހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު