ތަރުބިއްޔަތަކީ ކިޔެވުމުގައި އެންމެ މުހިންމު ކަންތައް: ޑރ. ޝަމީމް

ތަރުބިއްޔަތަކީ ކިޔެވުމުގައި އެންމެ މުހިންމު ކަންތައް ކަމަށާއި ހަމައެކަނި އިލްމު އުނގެނިގެން ތައުލީމު ހާސިލު ނުކުރެވޭނެ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރު ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

މަޖީދިއްޔާ ސްކޫލުގެ މަތީ މަގާމުތަކަށް ހޮވުނު ކުދިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމީމް ވިދާޅުވީ، "ކާމިޔާބުގެ ސިއްރުގެ 50 އިންސައްތަ އަކީ ރަނގަޅު ތަރުބިއްޔަތާއި މާތް އަހުލާގު" މަށެވެ.

"ކިޔެވުމަކީ، ނުވަތަ ތައުލީމު އުނގެނުމަކީ ހަމައެކަނި ތައުލީމު ހާސިލު ކުރުމެއް ނޫން. ނަމަވެސް ކިޔެވުމުގައި ތަރުބިއްޔަތަކީ އެންމެ މުހިންްމު ކަންތައް. ކާމިޔާބުގެ ސިއްރުގެ 50 އިންސައްތަ އަކީ ރަނގަޅު ތަރުބިއްޔަތާއި މާތް އަހުލާގު. އޭރުން ތިމާއަށް ކުރިއެރުންތައް ލިބޭނެ. އެހެން ނަމަވެސް އެކަން ކުރުމުގައި އަޒުމު ވަރުގަދަ ވާން ޖެހޭ. މަސައްކަތް ކުރަން ޖެހޭނީ އެންމެނާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝަމީމް ވިދާޅުވީ، ދަރިވަރުންނަށް ކިޔެވުމުގައި އެންމެ ބޭނުންވާ ކަމަކީ ރަނގަޅު ތަރުބިއްޔަތު ކަމަށްވާއިރު އެކަމުގައި އަދިވެސް ބެލެނިވެރިންގެ ފަރާތުން ލިބެންޖެހޭ ސަމާލުކަން ނުދެއްވާ ކަމަށެވެ.

މަޖީދިއްޔާ ސްކޫލުގެ އިތުރު ހަރަކާތްތަކާއި ސްކޫލުގެ ލީޑަރުން މިއަދު ހުވާކޮށްފައިވާއިރު އެ ސްކޫލުގެ ކެޕްޓަން ކަމަށް މިއަހަރު ހޮވާފައިވަނީ މިޝަލް މުހައްމަދު ނައީމް އެވެ. އަދި ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވާފައިވަނީ ރާހުލް އަބްދުލް ސަމަދު އާއި މުހައްމަދު ނާބިތު އެވެ.

* މަޖީދިއްޔާ ސްކޫލްގެ އެކިއެކި މަގާމުތަކަށް ހޮވުނު ދަރިވަރުން:

- މިޝަލް މުހައްމަދު ނައީމް (ސްކޫލް ކެޕްޓަން)
- ރާހުލް އަބްދުލް ސަމަދު (ޑެޕިއުޓީ ކެޕްޓަން)
- މުހައްމަދު ނާބިތު (ޑެޕިއުޓީ ކެޕްޓަން)
- އިބްރާހިމް ސަމާހް އާސިމް (ގޭމްސް ކެޕްޓަން)
- އަބްދުﷲ ޖުނާން އިބްރާހިމް (ޑެޕިއުޓީ ގޭމްސް ކެޕްޓަން)
- މޮވަނު މޫސާ ޝަފީގު (ޑެޕިއުޓީ ގޭމްސް ކެޕްޓަން)
- މުހައްމަދު ޝިފާން (ޣާޒީ ހައުސް ކެޕްޓަން)
- މުހައްމަދު ޒިދާން ޝަމީމް (ހުރަވީ ހައުސް ކެޕްޓަން)
- މުހައްމަދު ފައިޒާން ފާއިޒް (އިސްކަންދަރީ ހައުސް ކެޕްޓަން)
- މުހައްމަދު ޒަޔާން (ޝަހީދު އަލީ ހައުސް ކެޕްޓަން)
- މުހައްމަދު މާއިޝް މުއާވިއަތު (ސްކޫލް ބޭންޑް ލީޑަރު)
- ޖަސޫރު އަފްސަލް (ސްކައުޓް ލީޑަރު)
- އިބްރާހިމް ޝަރަފް ތައުފީގު (ކެޑެޓް ލީޑަރު)
- އަހުމަދު ބާސިލް ޝިޔާމް (ހެލްތު ކްލަބް ރައީސް)
- ހައިޝަމް އަލީ (ތިމާވެށީގެ ކްލަބް ރައީސް)
- މަނީހް ފާއިޒް ރަޝާދު (މެތްސް ކްލަބް ރައީސް)
- މުހައްމަދު މާހީ (ބިޒްނަސް ކްލަބު ރައީސް)
- އިސްމާއިލް ޤާލިފް ޝާހިދު (އިސްލާމިކް ފޯރަމްގެ ރައީސް)
- ޖައިލަމް އަބްދުއްސައްތާރު (ޑީއެލްއޭގެ ރައީސް)
- މުހައްމަދު ސާޖިއު ޝަފީގު (އީއެލްއޭގެ ރައީސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު