މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ މިރޭ 23:55 ކަންހާއިރު އަމީނީމަގު މުނިހޯމް ކެއާ ކައިރިގައި ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލާގައި މިހާތަނަށް އަދި ބަޔަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު