ހޯދަމުންދިޔަ "ވިލަރެސް" މަސްދޯނީގެ ހަބަރެއް ވެއްޖެ

ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ވީނުވީއެއް ނޭންގި ހޯދަމުންދިޔަ "ވިލަރެސް" ދޯނީގެ ހަބަރެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނާ ގޮތުން އެ ދޯނީގެ ހަބަރެއް ވެފައިވަނީ މިރޭ 12:10 ހާއިރު އެވެ. އަދި ދޯނި މިހާރު މާލެއަށް ދަތުރުކުރަމުން އަންނަ ކަމަށް ބުންޏެވެ.

އދ. އޮމަދޫގެ "ވިލަރެސް" ނަމަކަށް ކިޔާ މަސްދޯނީގެ ހަބަރެއް އެންމެ ފަހުން ވީ މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު ކ. ގާފަރާއި ދިމާލުން ނެވެ. އަދި ދޯނީގައި ގާތްގަނޑަކަށް 16 މީހުން ތިބޭނެ ކަމަށް ވެރިފަރާތުން އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު