ގަތަރު އެއާވޭސް ދަތުރުކުރާ މަންޒިލްތައް އިތުރުކުރަނީ

ގަތަރު އެއާވޭސް އިން މިހާރު އުދެހެމުންދާ މަންޒިލްތައް އިތުރުކުުރަށް ނިންމާފައިވާ ކަމަށް އެ އެއާވޭސް އިން ބުނެފި އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި މިހާރު ކުރިޔަށްދާ އައިޓީބީ ފެއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަތަރު އެއާވޭސް ގްރޫޕްގެ ޗީފް އެގްޒެކްޓިވް އަކުބަރު އަލް ބާކިރު ވިދާޅުވީ، ގަތަރު އެއާވޭސް އަލަށް އުދުހެން ހަމަޖެހިފައިވާ މަންޒިލް ތަކުގެ ތެރޭގައި ސައުތު އެފްރިކާގެ ޑާބިން އާއި އެމެރިކާގެ އެމްސްޓެޑަމް އާއި ޕާކިސްތާނުގެ ތިން ސިޓީ އެއް ހިމެނޭ ކަމަށެވެ.

" ފާއިތުވި ބާރަ މަސް ދުވަހު އަޅުގަނޑުމެން ވަނީ އާ ފްލައިޓްތައް ގަނެފައި. މި މަސައްކަތް މިއަހަރުވެސް އަޅުގަނޑުމެން ކުރިޔަށްގެންދާނަން. އަދި މިއަހަރުތެރޭ އަޅުގަނޑުމެން އާ ހިދުމަތްތައް ތައާރަފްކުރާނަން. އޭގެތެރޭގައި ދުނިޔޭގެ އެންމެ އާ ފްލައިޓް އަޅުގަނޑުމެން ގަންނާނަން،" އަކުބަރު ވިދާޅުވިއެވެ.

އަކުބަރު ވިދާޅުވީ، ޖަރުމަނުގެ ބާލިން އަށް ގަތަރު އެއާވޭސް އިން ދަތުރު ފެށިތާ ދިހަ އަހަރު ފުރޭ މި މުނާސަބަތުގައި ބާލިންގައި މިފަދަ މުހިއްމު ކަމެއް އިއުލާންކުރެވޭތީ އުފާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ގަތަރު އެއާވޭސް އިން ބްރިޓިޝް އެއާވޭސްގެ މައި ކުންފުނީގެ ހިއްސާ އިތުރުކުރަން ވިސްނަމުންދާ ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ.

ފްލައިޓްގައި ބެލެން ހުންނަ ފިލްމުގެ އަދަދު އިތުރުކޮށްފައިވާ ކަމަށާއި ޓީވީ ޕްރޮގްރާމްތައް 700 އިން 1500 އަށް އިތުރުކުރަން ހަމަޖެހިފައިވާ ކަމަށްވެސް ގަތަރު އެއާވޭސް އިން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު