ފޭސްބުކާއި ޓުވިޓާ ހިލޭ ބޭނުންކުރެވޭ ޕެކޭޖުތަކެއް އުރީދޫ އިން ތައާރަފުކޮށްފި

ފޭސްބުކާއި ޓުވިޓާ ހިލޭ ބޭނުންކުރެވޭ ޑޭޓާ ޕެކޭޖުތަކެއް އުރީދޫ އިން މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫ އިން މިއަދު ތައާރަފުކޮށްފައިވާ ޕެކޭޖުތަކުގެ ދަށުން 500 އެމްބީ އިން ފެށިގެން 200 ޖީބީއާ ހަމައަށް ޑޭޓާ ލިބެ އެވެ. އެ ހުރިހާ ޕެކޭޖުތަކަކީ ވެސް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ބޭނުންކުރެވޭނެ ޕެކޭޖުތަކެކެވެ.

އެގޮތުން ތައާރަފުކޮށްފައިވާ 2 ޖީބީގެ ޑޭޓާ ޕެކޭޖާއި 4 ޖީބީގެ ޑޭޓާ ޕެކޭޖުގެ ދަށުން ފޭސްބުކް ހިލޭ ބޭނުންކުރެވެ އެވެ. އެ ދެ ޑޭޓާ ޕެކޭޖުގެ އަގަކީ 199 ރުފިޔާ އާއި 299 ރުފިޔާ އެވެ.

އޭގެ އިތުރުން ތައާރަފުކޮށްފައިވާ 8.5 ޖީބީ އިން ފެށިގެން 200 ޖީބީއާ ހަމައަށް ޑޭޓާ ލިބޭ ޕެކޭޖުތަކުގެ ދަށުން ފޭސްބުކް އަދި ޓުވިޓާ ހިލޭ ބޭނުންކުރެވޭނެ އެވެ. އެ ޕެކޭޖުތަކުގެ އަގަކީ 599 ރުފިޔާ އިން 5699 އާ ދޭތެރޭގެ އަގުތަކެކެވެ.

އުރީދޫގެ ކޮމާޝަލް ޑިރެކްޓަރު އެސްޕީ ސަރަތީ ވިދާޅުވީ ރާއްޖޭގައި ގިނަ މީހުން ބޭނުންކުރަނީ ސްމާޓްފޯނުތައް ކަމަށާއި އަބަދު އޮންލައިންކޮށް ކަނެކްޓްވެފައި ތިބުމަކީ އާންމުކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ދެވޭ އެންމެ ބޮޑު ޑޭޓާ އެލަވަންސާ އެކު ފޭސްބުކާ ޓުވިޓާ ހިލޭ ބޭނުންކުރެވުމުން "އޮންލައިން ލައިފަށް ކަނެކްޓްވާން" ފަސޭހަވާނެ ކަމަށް އެސްޕީ ސަރަތީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ ޑޭޓާގެ ޓްރެންޑެއް ގާއިމްކޮށްފައި. އަދި މިއަދު ޑޭޓާ ޕެކޭޖުތައް އިތުރު ފައިދާތަކަކާ އެކު އެހެން ހަރުފަތަކަށް ގެންދެވޭތީ ފަހުރުވެރިވަން،" އެސްޕީ ސަރަތީ ވިދާޅުވި އެވެ.

އެ ޕެކޭޖުތައް ސްމާޓްފޯނުތަކުގެ އިތުރުން އުރީދޫ ބްރޯޑްބޭންޑް ޑިވައިސްތަކަށް ވެސް އެކްޓިވޭޓް ކުރެވޭއިރު *929# ޖަހައިގެން އެ ޕެކޭޖުތައް އެކްޓިވޭޓް ކުރެވޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު