އައްޑުއާއި މާލޭގައި ގާއިމް ކުރާ ސްވިމިން ޕްލެޓްފޯމްތަކުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީ ގުޅިގެން އައްޑޫ ސިޓީ އާއި މާލޭގައި ގާއިމް ކުރަން ނިންމާފައިވާ ފްލޯޓިން ޕްލެޓްފޯމްތަކުގެ މަސައްކަތް ފަށައިފި ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

މިއަދު ޔޫތު މިނިސްޓްރީން ބުނީ އެ ޕްލެޓްފޯމްތައް ގާއިމް ކުރަން ބޭނުންވާ ތަކެތި ރޭ މާލެ ގެނެސްފައި ވާކަމަށެވެ. އަދި އައްޑޫގައި ގާއިމްކުރާ ޕްލެޓްފޯމަށް ބޭނުންވާ ތަކެތި މިހާރު އައްޑޫއަށް ފޮނުވާފައި ވާކަމަށްވެސް ޔޫތު މިނިސްޓްރީން މައުލޫމާތު ދިނެވެ.

އޭގެ އިތުރުން މާލެއާއި އައްޑޫ ސިޓީގައި ގާއިމްކުރާ ސްވިމިން ޕްލެޓްފޯމްގެ މަސައްކަތަށް މި މަހު ނިންމާލެވޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. އެންމެ ފަހުގެ، ޒަމާނީ ފެންވަރަށް ގާއިމްކުރާ އެ ދެ ޕްލެޓްފޯމްގެ މަސައްކަތަށް ޔޫތު މިނިސްޓްރީން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.

ފްލޯޓިން ޕްލެޓްފޯމްތައް ގާއިމް ކުރުމުގެ މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލައި، އެ ޕްލެޓްފޯމްތަކުގައި މުބާރާތް ބޭއްވުމުގެ މަގްސަދުގައި، ސްވިމިން އެސޯސިއޭޝަނުން މި އަހަރުގެ ތެރޭ ބާއްވަން ތާވަލްކުރި އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ އެސްޑީޕީ ސްވިމިން ކޮންޕެޓިޝަން ވަނީ އަންނަ މަހަށް ފަސްކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު