ރިޔާސީ ބަޔާނަށް ހުރަަސްއެޅި މައްސަލަ ބަލަން ކަނޑައެޅި ކޮމެޓީ ބައްދަލުވުން ކެންސަލްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގައި ދިޔަ ހަމަނުޖެހުން ދިރާސާ ކުރުމަށް ބޭއްވުމަށް މިއަދު ތާވަލު ކުރި މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި އެވެ.

މިއަދުގެ 11:15 އަށް ޝެޑިއުލް ކުރި ސުލޫކު ކޮމިޓީގެ ބައްދަލުވުން ކެންސަލްވި ނަމަވެސް ވަކި ސަބަބެއް މަޖިލީހުން އަނގާފައެއް ނުވެ އެވެ.

މިއަދު ބޭއްވުމަށް ހަމަޖެއްސި ކޮމިޓީގައި އެޖެންޑާކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގައި ދިޔަ ހަމަނުޖެހުން ދިރާސާ ކުރެއްވުމެވެ.

ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް ބޭވުނު މަޖިލީހުގެ ޖަލްސާގައި ސަރުކާރާ އިދިކޮޅު ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ މެންބަރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުން ދޫކޮށްލުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި އަޑުއުފުލާފަ އެވެ. އަދި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަމުން ގެންދެވި ވަގުތު އެކަމަށް ހުރަސް އެޅުމުގެ ގޮތުން އަޑުގަދަކޮށްފަ އެވެ. އެހެންނަމަވެސް އެއްވެސް އަޑަކަށް ބެލުމެއް ނެތި ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވައި ނިންމާލައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު