އެޗްޑީސީގެ އެމްޑީއަކަށް ސައިމަން ހަމަޖައްސައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި މުހައްމަދު ސައިމަން ހަމަޖައްސައިފިއެވެ.

ޕުރައިވެޓޭޒޭޝަން ބޯޑުގެ އިސްއޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައިމަން ހަމަޖައްސާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ސައިމަން އެމަގާމަށް ހަމަޖައްސާފައިވާއިރު އެމަގާމުގައި ކުރިން ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ސުހެއިލް އަހުމަދު އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މަހު ފަހު ކޮޅުއެވެ. ސުހެއިލް ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.

ސައިމަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވާއިރު އޭނާވަނީ ހުޅުމާލެ ހިއްކުމާއި އަދި ހުޅުމާލޭގެ ތަރައްގީގެ ގިނަ މަސައްކަތެއްގައި އިސްސަފުގައި މަސައްކަތް ކުރައްވާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު