ވަކީލަކު ހަމަޖައްސަން ޒިޔާދަށް ވެސް އިތުރު ތިން ދުވަސް ދީފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ޖަވާބުދާރީވާން އަނެއްކާވެސް ތިން ދުވަހުގެ ފުރުސަތެއް ދީފިއެވެ.

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޒިޔާދަށް އެފުރުސަތުދީފައި ވަނީ ދައުވާއަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވުމުންނެވެ. އޭނާގެ ވަކީލުންގެ ގޮތުގައި ހަތަރު ބޭފުޅަކު މިރޭކޯޓަށް ވަޑައިގެންނެވިއެވެ.

ޒިޔާދުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާ އެމްއެންޑީއެފްގެ ކާނަލެއްގެ ގޮތުގައި ހުންނަވަނިކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބައިވެރިވެ 16 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ 12:00 އެހާކަންހާއިރު ގަދަކަމުން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ކ. ގިރިފުއްޓަށް ގެންގޮސްފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު