މިލިއަން ޑޮލަރު ހަރަދުކޮށްގެން މުގާބޭގެ 91 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

އެއް މިލިއަން ޑޮލަރު ހަރަދުކޮށް ބޮޑު ޕާޓީއެއް ބޭއްވުމަށް ފަހު، ޒިންމާބާބުވޭގެ ރައީސް ރޮބަޓް މުގާބޭގެ 91 ވަނަ އުފަން ދުވަސް ފާހަގަކޮށްފި އެެވެ.

ރޮއިޓާސް އިން މިއަދު ބުނީ އެތައް ހާސް ސަޕޯޓަރުންނާ އެކު ގޮލްފް ކޯސްއެއްގައި މުގާބޭގެ އުފަން ދުވަސް ފާހަގަ ކުރުމަށް އެއް މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށެވެ. ނަމަވެސް އޭނާގެ ޕާޓީ އިން ބުނީ އެ ފައިސާ ހަދިޔާ ކުރީ ހެޔޮ އެދޭ އާންމުންގެ ފަރާތުންނާއި ކުންފުނިތަކުން ކަމަށެވެ.

މުގާބޭ އަކީ އެެތެރެ އާއި ބޭރުގައި ވެސް ފާޑުކިޔުންތައް އަމާޒުވެފައިވާ ލީޑަރެކެވެ. އަދި އޭނާ އަކީ އިނގިރޭސީންގެ އިސްތިއުމާރީ ބާރުގެ ދަށުން 1980 ވަނަ އަހަރު އެފްރިކާ ސަލާމަތްވީއްްސުރެ އެ ގައުމުގެ ވެރިކަމުގައި މިހާތަނަށް ވެސް ހުންނެވި އެފްރިކާގެ ހަމަ އެކަނި ލީޑަރެވެ. މުގާބޭ އަކީ އިނގިރޭސީންގެ އިސްތިއުމާރީ އަޅުވެތިކަމުން ސަލާމްވުމަށް މަސައްކަތް ކުރެއްވި ލީޑަރެކެވެ. އޭނާއާ އެކު އެފްރިކާގައި އެ މަގުން ހިންގެވި އަނެއް ލީޑަރަކީ ނެލްސަން މަންޑޭލާ އެވެ. އެކަމަކު މަންޑޭލޭ ރިޔާސީ އެއް ދައުރު ފުރިހަމަ ކުރެެއްވުމަށް ފަހު ވަނީ އިސްތިއުފާ ދެއްވައިފައިފަ އެވެ. އެއާ ހިލާފަށް މުގާބޭ އޭނާގެ ބާރުތައް ކުރީ ވަރުގަދަ އެވެ. އަދި ވެސް އޭނާ ވެރިކަމާ ފެޔަށް ޖެހުމުގެ ވިސްނުމެއް ގެންގުޅޭ ތަނެއް ނުފެނެ އެވެ.
މުގާބޭ އަނބިކަނބަލުންނާއި އާއިލާގެ މީހުންނާ އެކު

ހުކުރު ދުވަހުގެ ރޭ ގައުމީ ޓީވީ މެދުވެރިކޮށް މުގާބޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ އަށް ފަހު ޕާޓީގެ ވެރިކަމަށް ގެންނާނެ މީހަކު އޭނާ ނުނިންމާ ކަމަށެވެ. އަދި އެކަން ނުވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާ އެ މަގާމަށް އައީ ވެސް މީހަކު އިހްތިޔާރުކޮށްގެން ނޫން ކަމަށެވެ. މުގާބޭ ވިދާޅުވީ އެ މީހަކީ ޕާޓީގެ ކޮންމެ ލެވެލްއެއްގެ މީހަކަށް ވެސް ވެދާނެ ކަމަށާއި އަދި އެ މީހަކު ޕާޓީގެ ނާއިބު ރައީސުންގެ ތެރެއިން ވެސް އަތުވެދާނެ ކަމަށެވެ. އެކަން ނިންމާނީ އާންމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުގާބޭގެ ޕާޓީ ޒާނޫ-ޕީއެފް އިން މިދިޔަ ޑިސެމްބަރު މަހު ވަނީ އޭނާ އިތުރު ދައުރަކަށް ޕާޓީގެ ލީޑަރަކަށް އިންތިހާބުކޮށްފަ އެވެ. އަދި އެ ލީޑާޝިޕާ އެކު 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީގެ ކެންޑިޑޭޓަކަށް ވާނީ މުގާބޭ އެވެ. އޭރު އޭނާ އަށް 94 އަހަރު ވާނެ އެވެ.

ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދަވާ ކަމަށް މީޑިއާ އިން ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެ އެވެ. އެކަމަކު އަވަސް އަވަހަށް ސިންގަޕޫރަށް ވަޑައިގެން ލޮލުގެ ފަރުވާ ހޯއްދަވަ އެވެ.

އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއަށް މުގާބޭ ވަޑައިގަތީ ރޮނގުދެމި ކަޅު ކޯޓެއް ލައްވައިގެން ރަތް ޓައީއަކާ އެކު އެވެ. އެ ހަފްލާގައި މުގާބޭ ގަޑިއެއްހާ އިރު ވާހަކަ ދެއްކެވި އިރު ބަލިވެ އުޅުއްވާ ކަމުގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.

ދަނޑުވެރިޔަކު ބުނީ މުގާބޭގެ އުފަން ދުވަހުގެ ޕާޓީގެ މެނޫގައި ހިމެނުމަށް ކިނބުލާއި އެތް (އެލިފަންޓް) ހަދިޔާ ކުރި ކަމަށެވެ.

މުގާބޭ ވަނީ އެ ހަފްލާގައި މަޑުމައިތިރި ލަވަ އަށް ނައްޓަވައިފަ އެވެ. އަދި ޒިމްބާބުވޭގެ މިއުޒީޝަނުން ވަނީ އެ ހަފްލާގައި ޝޯދީފަ އެވެ. އޭގެ އިތުރުން މުގާބޭގެ ވަރަށް މަގުބޫލު ލަވަކިޔުންތެރިއަކު، އެެމެރިކާގައި ހުންނެވުމަށް ފަހު ދަތުރު ކުރެއްވުމަށް ފަހު ވަނީ ޝޯދީފަ އެވެ.

މުގާބޭ އަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ، މުގާބޭ އަކީ ޑިކްޓޭޓަރެއް ކަމަށާއި އޭނާ އުމުރު ދުވަހަށް ވެރިކަމުގައި ހުންނަވާނެ ކަމަށެވެ. އަދި އެ މީހުން ތުހުމަތު ކުރާ ގޮތުގައި މުގާބޭ ވަނީ އެ ގައުމުގެ މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގެންފަ އެވެ. އަދި ވޯޓު އޮޅުވާލުމާއި އެފްރިކާގެ އެންމެ މުއްސަނދި އިގްތިސާދު ފުންވަޅުގަނޑަކަށް ވައްޓާލައިފަ އެވެ.

ަނަމަވެސް ޒިމްބާބުވޭގެ ބައެއް މީހުން ގަބޫލު ކުރަނީ މުގާބޭ އަކީ އިނގިރޭސީންގެ އިސްތިއުމާރީ ވަކިތަކުން ގައުމު ސަލާމްކޮށްދެއްވި ހީރޯއެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު