މެންބަރު އިމްތިޔާޒު ގަޔަށް ކަޅުތެޔޮ ޖެހި ދެމީހުން ހޯދަން ވީޑިއޯއެއް އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ގަޔަށް މިދިޔަ ޑިސެންމްބަރު މަހު ބަޔަކު ކަޅުތެޔޮޖެހި މައްސަލައާ ގުޅިގެން ހޯދަންބޭނުންވާ ދެމީހެއްގެ ވީޑިއޯ ފުލުހުން މިރޭ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ، މިރޭ ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަ ދެމީހުންނަކީ މެންބަރު އިމްތިޔާޒުގެ ގަޔަށް ކަޅުތެޔޮޖެހި މައްސަލައިގައި ހޯދަންބޭނުންވެ އެހެންނަމަވެސް އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ދެމީހުން ކަމަށެވެ. އިމްތިޔާޒު ގަޔަށް ކަޅުތެޔިޖެހި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މިރޭ އާންމުކުރި ވީޑިއޯގައި ހިމެނޭ ދެމީހުންގެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އިމްތިޔާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ގައިކޮޅަށާއި އޭނާގެ ކާރަށް ކަލުތެޔޮ ޖެހިމައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެގޮތުން އަބްދުﷲ ރިޔާޒުގެ ގަޔަށް ކަޅުތެޔޮ ޖެހިމީހުން ހޯދުމަށްވެސް ފުލުހުން މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު