ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

މާލޭގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. ނަމަވެސް އޭނާއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ޖަމާލުއްދީން ސުކޫލް ކައިރީ އޮންނަ ހަނި ގޯޅިއެއްގެ ތެރޭގައި ހިންގި މާރާމާރިއެއްގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެ މާރާމާރީއާ ގުޅޭގޮތުން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 19:05 ހާއިރު ކަމަށެވެ. އަދި ޒަހަމްވި ޒުވާނާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗް ގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، މިރޭ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ އަށް ލިބިފައި ވަނީ "ވަރަށް ކުދިކުދި" ގެއްލުންތަކެއް ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު