ޑީޑީއާއެކު 8 މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފި

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީއާއެކު އަށް މީހެއްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

ރޭގެ މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުން މިއަދު މެންދުރުފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އަށް މީހެއްގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، އެކަކު ވަނީ ބަންދުން މިނިވަންކޮށްފަ އެވެ.
މުއްދަތު ޖެހުމަށްފަހު ޑރ. އިބްރާހީމް ދީދީ ކފުލުހުންގެ ވެހިކަލް ތެރޭގައި ---- ސަން ފޮޓޯ/ އަލީ ނަސީރު
ރޭގެ މުޒާހަރާގައި 30 އަށް ވުރެ ގިނަ މީހުން ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ބަޔަކު ވަނީ 24 ގަޑިއިރު ހަމަވުމުގެ ކުރިން ކޯޓަށް ނުގެންގޮސްދޫކޮށްލާފަ އެވެ.

ރޭގެ މުޒާހަރާގެ ތެރެއަށް ބަޔަކު ވަދެ ރާއްޖެ ޓީވީ އާއި ވީޓީވީގެ ބައެއް އިކުއިޕްމެންޓުތަކަށް ވަނީ ގެއްލުންދީފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމެއް ފުލުހުން އަދި ބުނެފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު