ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ނުވަ މީހަކު ދޫކޮށްލައިފި

އެމްޑީޕީ- ޖޭޕީ އިން ރޭ ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ނުވަ މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ރޭގެ މުޒާހަރާއާ ގުޅިގެން 36 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން ނުވަ މީހަކު ރޭ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. ދޫކޮށްލި މީހުންގެ ތެރޭ 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެމްޑީޕީ ޖޭޕީ އަށް ސަޕޯޓު ކުރާ ބަޔަކު މަގުތަކަށް އެއްވެ، ރައީސް ޔަމީންގެ އިސްތިއުފާއަށް ގޮވައި ރައީސް ނަޝީދާއި ކާނަލް ނާޒިމް ފުލުހުންގެ ހައްޔަރުން ދޫކޮށްލަން ގޮވާލައި މުޒާހަރާ ކުރި ނަމަވެސް، ޖޭޕީ އިން ބުނެފައި ވަނީ، އެމްޑީޕީ އާއި ޖޭޕީ އިން ގުޅިގެން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގެ ހަރަކާތްތައް ކުރިއަށް ދާނީ ހަމައެކަނި ރާޅުގަނޑު ސަރަހައްދުގައި ކަމަށާއި އެނޫން އެއްވެސް ސަރަހައްދެއްގައި އެ ހަރަކާތް ކުރިއަށް ނުގެންދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު