އިސްލާމިކް ބޭންކް ސަރަހައްދުން ބަނގުރާފުޅިތަކެއް ހޯދައިފި

އިސްލާމިކް ބޭންކް ކައިރީ މަގުމަތީގައި ބަހައްޓާފައި ހުރި ފޮށިގަނޑެއްގެ ތެރެއިން ބަނގުރާ ފުޅިތކެއް ފުލުހުން ހޯދަައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މިރޭ 8 ޖަހާއެހާކަންހާ އިރު އިސްލާމިކް ބޭންކް ކައިރިން ފެނިފައިވާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުުކުރާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުން ފެނުނު ފޮށިގަނޑުގައި ހުރީ ވިސްކީ ކަމަށް ބެލެވޭ ހަތަރު ފުޅިއާއި ވޮޑްކާ ފުޅިއެއް ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެމްޑީޕީއާއި ޖޭޕީން މާލޭގައި މިއަދު ހަވީރުން ފެށިގެން ހުއްޓާ ނުލާ މާލޭގެ އެކިސަރަހައްދުތަކުގައި ފުލުހުން ކުރިއަށް ގެންދާ މުޒާހަރާއަ ގުޅިގެން ސަލާމަތީކަންކަން ބެލެހެއްޓުމަށް ކުރިއަށް ގެންދާ ޙާއްސަ އޮޕަރޭޝަންގައި މިއަދު ހަވީރު ވަނީ ގިނަ އަދަދެއްގެ ހަތިޔާރުވެސް ހޯދައިފަ އެވެ. އޭގެތެރޭގައި ދަނގަޑުބުރި އާއި ހަންޖަރަކާއި ވަޅިތަކެއް ވަނީ ފެނިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު