އިބްތިހާލުގެ މަންމަގެ ބަންދަށް 15 ދުވަސް ޖަހައިފި

މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރާ އޭނާގެ މަންމަ، އާފިޔާ މުހައްމަދު ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފި އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރީ ވ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކުރި އާފިޔާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެންމެ ފުރަތަމަ ގެންދިޔައީ ފެލިދޫއަށެވެ. ނަމަވެސް އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ރަށުގައި ނޫޅުއްވާތީ، އޭނާ ގެންދިޔައީ އެ އަތޮޅު ތިނަދޫއަށެވެ.

ތިން ދަރިންގެ މަންމަ އާފިޔާ މަރާލި ކަމަށް ބުނާ އިބްތިލާހަކީ އޭނާގެ އެންމެ ދޮށީ ދަރި އެވެ. އިބްތިލާހު މަރުވެފައި އޮއްވާ މިދިޔަ ބުދަ ދުވަހުގެ މެންދުރު ފެނިފައި ވަނީ ސީރިއަސް ޒަހަމްތަކަކާއެކުގަ އެވެ. އެގޮތުން އިބްތިލާހުގެ ކުރިމަތިފަރާތަށާއި އޭނާގެ ކަންފަތުން ޒަހަމްތަކެއް ފެންނަން ހުއްޓެވެ.
އިބްތިހާލުގެ މަންމަ އާފިޔާ މުހައްމަދު، (މެދުގައި އިސްޖަހައިގެން) ފުލުހުންގެ ބެލުމުގެ ދަށުގައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު