އިބްތިހާލުގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މަންމަ، ފެލިދުއަށް ގެންގޮސްފި

ފެލިދޫން: އަހުމަދު ސާއިލް އަލީ

ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމަށް ތުހުމަތު ކުރާ އޭނާގެ މަންމަ އާފިޔާ މުހައްމަދު، ވ. ރަކީދޫއިން އެ އަތޮޅު ފެލިދޫއަށް ގެންގޮސްފި އެވެ.

ސީރިއަސް އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އިބްތިލާހު މަރުގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން، އާފިޔާ ހައްޔަރު ކުރީ އިއްޔެ ހަވީރު އެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ވަނީ ތަހުގީގަށް އޭނާގެ ބަޔާން ނަގާފަ އެވެ.

ރަކީދޫއިން ފެލިދުއަށް އޭނާ ގެންދިޔަ މަންޒަރު، ފެލިދުއަށް ދިޔަ ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އަފީޔާ ހައްޔަރުކޮށްފައި ހުރީ ފެލިދޫ ޕޮލިސް ސްޓޭޝަންގަ އެވެ.

ފުލުހުން މިހާރު ދަނީ ރަކީދޫއިން އެކި މީހުންގެ ބަޔާން ނަގަމުންނެވެ. އޭގެ ތެރޭގައި ރަށުގެ ކައުންސިލަރުން ވެސް ހިމެނެ އެވެ.

އިބްތިލާހުގެ އަނިޔާވެރި މަރުގެ މައްސަލަ ފެންމަތިވުމުގެ ކުރިން، މަންމަ އާފިޔާ، އިބްތިލާހަށް އަނިޔާ ކުރާ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރަށު ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ. ޖެންޑާއިން ބުނެފައި ވަނީ އިބްތިހާލުގެ މައްސަލަ ހުށަހެޅުމާއެކު އޭނާ ރައްކާތެރި މާހައުލެއްގައި ހުރިކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު