ޝާލީ އެބްޑޫ ހަމަލާއަށް ތާއީދުކުރި އަށް އަހަރުގެ ކުއްޖަކު ފްރާންސުން ހައްޔަރުކޮށްފި

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި އެންމެހައި މުސްލިމުންނަށް ފުރައްސާރަކުރުމުގައި ދެމިތިބި ފަރަންސޭސި މަޖައްލާ ޝާލީ އެބްޑޫގެ އޮފީހަށް މިމަހުގެ ކުރީކޮޅު ބަޔަކު ދިން ހަމަލާއަށް ތާއީދުކުރާ ކަމަށް ބުނި އުމުރުން އަށް އަހަރުގެ ކުއްޖަކު ފަރަންސޭސި ސަރުކާރުން ހައްޔަރުކޮށްފިއެވެ.

ފްރާންސްގެ އަލްޕްސް މެރިޓައިމް ސަރަހައްދުގެ ޑެޕިއުޓީ ޑައިރެކްޓާ ފޯ ޕަބްލިކް ސެކިއުރިޓީ ފަބިއެން ލެވަންޑޯސްކީ ބީއެފްއެމް ޓީވީ އާ ވާހަކަ ދައްކަމުން ބުނި ކަމަށް އަލް ޖަޒީރާ ބުނީ ކުޑަ ފިރިހެން ކުއްޖާ ހައްޔަރުކޮށް ތަހުގީގު ކުރީ "ފަރަންސޭސިން މަރާލެވެން ޖެހޭނެ، އަހަރެން މިހިރީ ޓެރަރިސްޓުންނާ އެކީ" މިހެން ބުނެގެން ކަމަށެވެ.

ފަބިއެން ބުނެފައި ވަނީ އެކުއްޖާ އާ ސުވާލުކުރީ އެކުއްޖާ އެކަހަލަ ވާހަކައެއް ބުނަން ޖެހުނީ ކޮން ކަމެއްގެ ސަބަބުން ކަން ބެލުމަށް ކަމަށެވެ.

އެވަރުގެ ކުޑަކުއްޖަކު ހައްޔަރު ކުރުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ވަނީ ފަރަންސޭސި ސަރުކާރަށް ފާޑުކިޔާފައެވެ.

"... އެކަން ކުރެވުނީ ރަސްމީކޮށް ސުވާލުކޮށްގެން ކަމަށް ވުމީ ލަދުވެތި ކަމެއް. އެކަމަކު އޭނާ ބުނި ވާހަކައަށް ބަލާއިރު އާއްމު އުސޫލަށް ވުރެ މައްޗަށް ދާން ޖެހޭ،" ލެވަންޑޯސްކީ ބުނި ކަމަށް އަލްޖަޒީރާގެ ހަބަރުގައި ވެއެވެ.

އޭނާ އަދި ބުނެފައި ވަނީ ޝާލީ އެބްޑޫ ހަމަލާގައި މަރުވިމީހުންގެ ހަނދާނުގައި މިމަހުގެ ނުވަވަނަ ދުވަހު ގެނައި ހިމޭންކަމުގެ ސުކޫތުގައި ބައިވެރިވުމަށް ވެސް އެކުއްޖާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އޭނާ ކިޔަވާ ސްކޫލުގެ ޑައިރެކްޓަރު އެމައްސަލަ ހުށަހެޅި ކަމަށާއި އެހެންވެ، އެކުއްޖާގެ ބައްޕައާއި ގާނޫނީ ވަކީލެއްގެ ހާޒިރުގައި އޭރުވެސް ކުއްޖާއާ ސުވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު