އިބްތިހާލުގެ ޖަނާޒާ އަސުރު ނަމާދަށް ފަހު

ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އިބްތިހާލުގެ ޖަނާޒާ އަސުރު ނަމާދަށް ފަހު އޮންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އިބްތިހާލު މަރުވެފައި އޮއްވައި ފެނުނީ އިއްޔެގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ތެރެއިންނެވެ. އިބްތިހާލުގެ ޖަނާޒާގެ ކަންތައް ކުރިއަށްގެންދަނީ ފުލުހުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އާސަހަރާގައި އިބްތިހާލުގެ މޫނު ދެއްކުމުގެ ކަންތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަސުރުނަމާދަށް ފަހު އިބްތިހާލުގެ ޖަނާޒާގެ ކަންތައް ކުރިއަށްދާނެ ކަމަށާއި އިބްތިހާލު ވަޅުލުމަށް ހަމަޖެހިފައި ވަނީ އާސަހަރާގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ތަހުގީގު ޓީމަކުން ރަކީދޫއަށް ގޮސް އިބްތިހާލުގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ފުލުހުންނާއި ޑޮކްޓަރުން އިތުރަށް އިބްތިހާލުގެ ހަށިގަނޑު ޗެކްކުރުމަށްޓަކަ އެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލުގެ މަރާގުޅިގެން އެކުއްޖާގެ މަންމަ ހައްޔަރުކުރަން ކޯޓުން މިހާރު ވަނީ އަމުރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު