އިންސްޓަގްރާމް މުބާރާތުގެ ނަސީބުވެރިޔާ އަށް އިނާމުދީފި

ކޭބަލް އޮޕަރޭޓަރު، މީޑިއާ ނެޓުން އަލަށް އިއުލާނު ކުރި ފެމެލީ ޕެކޭޖު ޕްރޮމޯޓް ކުރުމަށް ހުޅުވާލި އިންސްޓްގްރާމް ޗެލެންޗު ކާމިޔާބު ކުރި ފަރާތަށް އިނާމުދީފި އެވެ.

މީޑިއާ ނެޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އިނާނު ހާސިލު ކުރީ ހަތަރު އަހަރުގެ ނައުފު އަލީ ކިޔާ ކުއްޖެއް ކަމަށެވެ.

މީޑިއާ ނެޓުން ބުނީ އެ ކުއްޖާގެ ނަމުގައި އިންސްޓްގްރާމް ކުރި ފޮޓޯ އަށް 2،531 މީހުން ލައިކްކޮށްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ އަށް އިނާމެއްގެ ގޮތުގައި 1850 ރުފިޔާގެ އަގުހުރި ހެޗްޑީ ޑެކޯޑަރެއް ލިބިފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު