ރަކީދޫ ކުއްޖާގެ މަރާ ގުޅިގެން މަންމަ ހައްޔަރުކުރަން އަމުރު ނެރެފި

ބޮޑެތި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު ކުއްޖާގެ މަރާ ގުޅިގެން އެކުއްޖާގެ މަންމަ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.

އުމުރުން ތިން އަހަރުގެ މުޙައްމަދު އިބުތިޙާލް މަރާލިކަމުގެ ތުހުމަތުގައި އޭނާގެ މަންމަ އާފިޔާ އަހްމަދު ހައްޔަރުކުރަން އަމުރުނު ނެރެފައި ވަނީ އެފަދަ އަމުރަކަށް ފުލުހުން މިއަދު ކޯޓުގައި އެދުމުންނެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް ރަކީދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ރަކީދޫ ކައުސިލުގެ ރައީސް އާދަމް ސާމީ ވިދާޅުވީ، މީގެ ކުރިން ވެސް އިބްތިހާލަށް އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އޭނާގެ މަންމަ އާފިޔާއަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ތަކުރާރުކޮށް އިބްތިހާލަށް އަނިޔާކުރަމުން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ އިބުތިޙާލް މަރާލި މައްސަލައިގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިހުމާލުވެފައިވާނަމަ އެ މައްސަލަ ތަހުގީގުކުރުމަށް އަމުރު ނެރުއްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު