އިބުތިހާލަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި މާދަމާ ހިނގައިލުމެއް ބާއްވަނީ

ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މުޙައްމަދު އިބުތިޙާލްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާދަމާ ހަވީރު މާލޭގައި ހިނގާލުމެއް ބާއްވަން ޒުވާނުންގެ ބަޔަކު އިންތިޒާމްކޮށްފި އެވެ.

އިބުތިހާލަށް އިންސާފު ހޯދައިދިނުމަށް ގޮވައިލުމަށާއި އެފަދަ އަނިޔާތަކާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބާއްވާ އެ ހިނގައިލުމުގައި، ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ވެސް ބައިވެރިވާ ކަމަށް އެޖަމާއަތުން ބުންޏެވެ. އެޖަމާއަތުން ބުނީ މާދަމާ ހަވީރު 4.15ގައި ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުން ފަށާ އެ ހިނގައިލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އެދޭ ކަމަށެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލު މަރުވެފައި އޮއްވައި ފެނުނީ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމުގައި އޮއްވައި އިއްޔެ 11:45 އެހާކަންހާއިރު ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނު އިބްތިހާލުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އަދި އެ ކުއްޖާ އަށް މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމަ އަށް ވަނީ ކައުންސިލުން ނަސޭހަތްތެރިވެފަ އެވެ. ތިން އަހަރުގެ އިބްތިހާލުގެ ޝަރުއީ ބައްޕައެއް ނެތް އިރު، އަންހެން މީހާގެ އިތުރު މީހަކާ އިނދެ ދެކުދިން ލިބިފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު